ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިރޭވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވާނެ، ރައްޔިތުން ސަމާލްވޭ: މެޓް

398447 3 7b700566919df0d38d5a6e844e439af7d4b7c12a Large 1140x700
TTH_Ads
STO_Ads

ރާއްޖޭގެ ސަރަހައްދުގައި އުފެދެމުންދާ ބޯވިލާތަކުގެ ސަބަބުން މިރޭވެސް އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓު)އިން މިއަދު ލަފާކޮށްފިއެވެ.

މޫސުމާއިބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް މިއަދު މެންދުރު 13:00 އިން ފެށިގެން މިރޭ 19:00 އާ ހަމަޔަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މި ވިއްސާރަ މިރޭ 7:00 އާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު، މި މޫސުމުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ

HajjCop_ads

މެޓުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވާން އެކަށީގެންވަކަމަށެއެވެ.

މިރޭގެ އިތުރުން ކުރިޔަށް އޮތް 24 ގަޑިއިރުވެސް ތަންކޮޅެއް ވިއްސާރަކޮށް މިދައްކަނީ. ދޭތެރެދޭތެރެއިން ވާރޭވެސް އެބައުޅޭ ބައެއް ސަރަހައްދުތަކުގައި ބޮޑަށް ޚާއްސަކޮށް މެދު ރާއްޖެތެރޭގައި މިއުޅެނީ ވިއްސާރަ. މެޓުން ވިދާޅުވިއެވެ

އިއްޔެ ހުވަދު އަތޮޅަށް ވަރަށް ބޯކޮށް ވާރޭވެހުނުއިރު ގއ ގެމަނަފުއްޓަށް ވަނީ ރެކޯޑް އަދަދަކަށް 148.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީވެސް އެރަށަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ވިއްސާރައިގެ ސަބަބުން ދަތުރުފަތުރު ކުރަމުންދާ ފަރާއްތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިދާރާއިން އިރުޝާދު ދީފައިވެއެވެ. އަދި އާންމު ރައްޔިތުންނަށް ވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ. ޚާއްސަކޮށް ފެންބޮޑުވުމުގެ ސަބަބުން ލިބިދާގެ ގެއްލުމަކަށް އިތުރަށް ސަމާލްވުމަށް އެއިދާއިން އެދެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Moosun

ލ އަތޮޅުން އައްޑޫއަށް ހުދު ސަމާލު

moosun raining

ކުރިޔަށް އޮތް 2 ދުވަހު ވެސް ވާރޭ ވެހޭނެ: މެޓް އޮފީސް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

moosun

ކ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި