ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމާ ބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރާކަމަށް ސަރުކާރުގެ ތަރުޖަމާނު އަލްފާޟިލާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އަލްފާޟިލާ ހީނާ ވިދާޅުވެފައިވަނީ، ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމާ ބެހޭ އެއްވެސް ބިލެއް ތަޢާރަފުކުރުމަކީ ސަރުކާރުގެ ޤާނޫނީ އެޖެންޑާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ބިލެއް ތަޢާރަފުކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށްވެސް އެމަނާ ވިދާޅުވިއެވެ.
Mohamed Hussain Shareef@MvSpokespersonނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރޭ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ. ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތް. ކުރިންވެސް …މީގެ އިތުރުން، ހީނާ ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ކުރިން ހާމަކޮށްފައިވާ ފަދައިން، މީޑިއާތައް ޑީރެގިއުލޭޓްކޮށް، އަމިއްލަ ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ފާހަގަކުރެއްވިއެވެ.
"އެހެންކަމުން ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން" ހީނާ އިތުރަށް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.