ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއިލުން ދިން ލާއިންސާނީ ހަމަލާތަކަށް ފަހު، ލިބުނު ނަޞްރާ ގުޅިގެން ހުކުރު ދުވަހު މާލޭގައި އެއްވުމެއް ބާއްވަން އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މި އެއްވުން އޮންނާނީ 24 ޖަނަވަރީ ވާ ހުކުރު ދުވަހުގެ 16:15 ގައި އާޓިފިޝަލް ބީޗުގައެވެ.

އެގޮތުން، ޣައްޒާގެ ރައްޔިތުން ފާހަގަ ކުރާ މި ނަޞްރުގައި ބައިވެރިވުމަކީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށާއި ޣައްޒާގެ ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީ އަކަށް ވާނެކަމަށް އިސްރާ އެސޯސިއޭޝަނުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މިއެެއްވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ ޣައްޒާގެ އެ އަހުންނާއި ޢުޚުތުންނަށާއި މުޅި އިސްލާމީ އުއްމަތަށް ލިބުނު ނަޞްރުގައި ބައިވެރިވުމަކީ މިއެސޯސިއޭޝަންގެ ބޮޑުއެދުމެއްކަމުގައި އެފަރާތުން ވަނީ ހާމަކުރައްވާފައެވެ.