ކުރީގެ ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ބާޠިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެއެވެ.

. ދައުލަތުން އާ ހެކި ހުށަހެޅީ ޔާމީންގެ ދިފާއީ ހެކިވެރިއެއްގެ ބަޔާން ދޮގުކަން ސާބިތުކުރުމަށް.

. ދައުލަތުގެ ވަކީލު ބުނީ ޝަރީއަތުގެ ކޮންމެ މަރުޙަލާއެއްގައިވެސް ހެކި ހުށަހެޅުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް.

އިޝްތިހާރު އިޝްތިހާރު

. ޔާމީންގެ ވަކީލު ބުނީ ހެކި ހުށަހެޅުމަށް ވަކި މަރުޙަލާތަކެއް އޮންނަ ކަމަށާއި، ކޮންމެ ވަގުތެއްގައިވެސް ހެކި ހުށަހެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް.

. ސުޕްރީމް ކޯޓުން ދެން އިއުލާންކުރާނީ މި މައްސަލައިގައި ގޮތެއް ނިންމާ އަޑުއެހުން.

. ކްރިމިނަލް ކޯޓުގައި މައްސަލަ އަލުން ފެށިފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމަށް އިންތިޒާރުކުރަން ނިންމާފައިވޭ.