ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ޚިލާފު ޢަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ފެތުރުމާ ގުޅިގެން ތަޙުޤީޤު ފަށައިފި

380702 3 394b451c8f564495f641886b87a56cc10329cad5 Medium
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ މައްސަލަ ތަޙުޤީޤުކުރަން ފަށާފައެވެ.

މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުހައްމުދު ޝަހީމު އަލީސައީދު ވަނީ އެކްސް މެދުވެރިކޮށް މެސެޖްއެއް ނެރުއްވާފައެވެ. މިނިސްޓަރ ވިދާޅުވީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ:-

މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނަން
މި މައްސަލައިގައި ހިމެނޭ ވީޑިއޯ ދައްކާ ގޮތުން، މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ބަޔަކު މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ވީޑިއޯ ރެކޯޑުކުރެވުނު ތަނާއި ތާރީޚު އަދި ހިމެނޭ ފަރާތްތަކާ ބެހޭ އިތުރު މަޢުލޫމާތު މި ވަގުތު ލިބިފައެއް ނުވެއެވެ.މިސްކިތްތަކަކީ އިސްލާމްދީނުގައި ޚާއްޞަ ޤަދަރަކާއި އިޙުތިރާމެއް ދެވިފައިވާ ތަންތަން ކަމަށްވުމާއެކު، މިފަދަ ތަންތަނުގައި ނުއެކަށީގެންވާ ޢަމަލުތައް ހިންގުމަކީ ޤާނޫނީ ގޮތުން ވެސް މަނާކަމެކެވެ. މިފަދަ ޢަމަލުތަކަކީ މުޖުތަމަޢުގެ އަމަންއަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަން ކަމަށްވާތީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މި މައްސަލަ ސީރިއަސްކޮށް ބަލަމުންދާކަން ފާހަގަކުރެވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6145618908455572273

ނަޑެއްލާއާއި ހޯނޑެއްދޫގައި މިސްކިތް އަޅަން އަމިއްލަ 2 ކުންފުންޏަކަށް

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް