ހއ. އުލިގަމު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް އެޅުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސީލިންގ އެޅުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، އުލިގަމު ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މިވަގުތު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ސީލިންގ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢަކީ އުލިގަމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

މި އައު ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ޞިއްޙީ ޚިދުމަތްދޭ މާޙައުލު އިތުރަށް ތަނަވަސްވެ، ލިބޭ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނެސްދިނުމަށްޓަކައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތް ނިންމުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.