ހުޅުމާލެ ދެވަނަ ފިޔަވަހި ކައިރިން ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެންއެންޑީއެފް އިން ބުނެފިއެވެ.
Maldives National Defence Force@MNDF_Officialމިރޭ 19:30އާއި 21:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 2ގެ އިރުމަތީ ފަރާތުން ކަނޑުގައި، ޕްރައިވެޓް އިވެންޓަކަށް 7 މިނެޓަށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ.
އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް އިވެންޓަކާ ގުޅިގެން ކަމަށެވެ. އަދި ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 19:30 އާއި 21:30 ދެމެދުގައި ކަމަށާއި ހަވާ އެރުވުން ހަތް މިނިޓަށް ކުރިއަށް ދާނެ ކަމަށެވެ.
ޕްރައިވެޓް ހަފްލާތަކާ ގުޅިގެން މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އެމްއެންޑީއެފް އިން ހަވާ އެރުވުން ކުރިއަށް ގެންދެއެވެ. ހަވާ އެރުވުން ކުރިއަށް ގެންދަނީ ވިޔަފާރި އުސޫލުންނެވެ. ދާދި ފަހުން ޤައުމީ ފެންވަރުގައި "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށްފަހު ވަނީ ހަވާ އަރުވާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.