މާލޭ ގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އެއްސައިކަލް ކޮންޓްރޯލް ނުވެ ގޮސް ފިހާރައެއްގެ ބިއްލޫރި ގަނޑެއްގައި ޖެހިއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސަބްދެރިއާ މަގުގައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލްގައި އިންމީހާއަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ފިހާރައިެގ ބިއްލޫރި ގަނޑުގައި ޖެހުނު ސައިކަލްގެ އެއްބައި އޮތީ ފިހާރަ ތެރެއަށް ވަދެފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. އަދި އެކްސިދެންޓް ހިނގަން މެދުވެރިވި ސަބަބެއްވެސް ސާފެއް ނުވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.