ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ދެކުނު ހުޅަނގުގައި ކުޑަ ބޯޓެއް ވެއްޓިގެން، ސިފައިންގެ ދެ ޖެނެރަލަކާއި ކުޑަކުއްޖަކު ހިމެނޭ ގޮތުން 17 މީހަކު މަރުވެއްޖެއެވެ.
ކްވަންގޯ ޕްރޮވިންސްގެ ނައިބު ގަވަރުނަރު ރެމީ ސާކީ ވިދާޅުވީ، ހުކުރު ދުވަހު ޕްރޮވިންސްގެ ވެރިރަށް ކެންގޭގައި ހިނގި މި ހާދިސާގައި ފުރަތަމަ ރިޕޯޓުކުރީ 13 މީހަކު މަރުވިކަމަށް ކަމަށާއި، ބޯޓުގައި ރޯވި އަލިފާން ނިއްވުމަށްފަހު ބޮޑެތި މީހުންގެ 16 ހަށިގަނޑާއި ކުޑަކުއްޖެއްގެ ހަށިގަނޑެއް ފެނުނު ކަމަށެވެ.
ޓްރެސެޕް ކުންފުނިން ހިންގާ މި ބޯޓު ވެއްޓުނީ މެންދުރުފަހު 1:50 ގައި ކިކްވިޓް އެއާޕޯޓުން ކިންޝާސާއަށް ފުރުމަށްފަހު ގާތްގަނޑަކަށް 15 މިނިޓު ފަހުންނެވެ.

ނިޔާވި މީހުންގެ ތެރޭގައި އަސްކަރީ އާލީ ކޯޓުގެ ފުރަތަމަ ރައީސް ލެފްޓިނެންޓް ޖެނެރަލް ޖޯސެފް މުތޮމްބޯއާއި، ސިފައިންގެ އޮޑިޓަރ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް ލޫސިއެން-ރެނޭ ލިކުލިއާ ހިމެނެއެވެ. އެ ދެ ބޭފުޅުން ދަތުރުކުރައްވަމުން ދިޔައީ ރަސްމީ މަސައްކަތަކަށެވެ.
ކޮންގޯގެ ރައީސް ފެލިކްސް ޝިސެކެޑީ ހާދިސާގެ ސަބަބު ހޯދުމަށް ފުރިހަމަ ތަޙުޤީޤެއް ކުރުމަށް އަމުރުކުރައްވައި، ނިޔާވި މީހުންގެ އާއިލާތަކާއި ރައްކާތެރިކަމުގެ ބާރުތަކަށް ހިތާމަ ފާޅުކުރައްވައިފިއެވެ.










ކިޔުންތެރިންގެ ހިޔާލު