ސައުދީ އަރަބިއްޔާއަށް އުމްރާ އަދި ތައުލީމީ ދިރާސާ ދަތުރެއްގައި ފުރުމަށް ހަމަޖެހިފައިވާ ވަފުދުގެ ބައިވެރިންނާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުގެ ބައިވެރިން ފުރުމުގެ ކުރިން އެ ފަރާތްތަކާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ދަތުރުގެ މައިގަނޑު މަގްސަދަކީ ބައިވެރިންގެ ދީނީ އަދި އިލްމީ ގާބިލުކަން އިތުރުކޮށްދިނުމާއެކު، ސައުދީ އަރަބިއްޔާގެ މުއްސަނދި އިސްލާމީ ތާރީހާއި، ހަލާރާތާއި، ސަގާފަތާ ގުޅޭ އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ.
މި ތައުލީމީ ދަތުރުގެ ތެރެއިން ގިނަ މުހިންމު ތަންތަނަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
އުންމުލް ޤުރާ ޔުނިވަރސިޓީ
ކުއްލިއްޔަތުލް ޙަރަމް އަލްމައްކީ އައްޝަރީފް
މަސްޖިދުލް ޙަރަމްގެ ކުތުބުޚާނާ (ލައިބްރަރީ)
ޙައްޖުގެ މުޤައްދަސް ބިންތައް (މަޝާޢިރުތައް)
ކީރިތި ރަސޫލާގެ ސީރަތާ ބެހޭ ބައިނަލްއަޤްވާމީ މިއުޒިއަމް
ކީރިތި ޤުރްއާނާ ބެހޭ މިއުޒިއަމް
މަދީނާގެ އެކި ދާރުލްއާޘާރުތަކާއި ތާރީޚީ ތަންތަން
އަލްމަސްޖިދުއް ނަބަވީ
ބަދުރު އަދި އުހުދު ހަނގުރާމަ ހިނގި ތާރީހީ ބިންތައް
ވަޒީރުގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ، މި ދަތުރަކީ ބައިވެރިންނަށް ފައިދާހުރި ޢިލްމާއި މުއްސަނދި ތަޖުރިބާތަކެއް ލިބިގެންދާނެ ކާމިޔާބު ދަތުރަކަށް ވުމަށް އެދިވަޑައިގެންފައެވެ. އަދި މި ޒިޔާރަތުގެ ސަބަބުން އިސްލާމީ ތާރީހާއި ހަލާރާތާ އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ވެސް އެމަނިކުފާނު ދުއާކުރެއްވިއެވެ.
Mohamed Shaheem Ali Saeed@Mohamedshaheem1I was delighted to meet with the delegation participating in the Umrah and Educational Study Tour to the Kingdom of Saudi Arabia ahead of their departure.
The programme aims to enrich their religious and academic knowledge while providing valuable insights into the rich Islamic …



ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.