ސަރފިންގ ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، އެ ސްޓޭޑިއަމްގެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް ޢާންމުކުރައްވާފައެވެ. އަދި ރާއްޖޭގެ ސަރފިންގ ކޮމިއުނިޓީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

Surfing stadium development now progressing in full swing. We will finish and deliver this much needed sports infrastructure facility as I promised to the surfing community in Male'. Sports infrastructure development for many of the other sports communities are also now fully on …

މީގެއިތުރުން، އެހެނިހެން ކުޅިވަރުތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ވެސް މިހާރު ރަނގަޅު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ފުރަތަމަ އިންޑޯ ފުޓްސަލް އެރީނާ އެޅުމުގެ ޢަމަލީ މަސައްކަތާއި، ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ކޯޓަކާއެކު ހުޅުމާލޭގައި ނެޓްބޯލް ކޮމްޕްލެކްސް އެޅުމުގެ ޢަމަލީ މަސައްކަތް ވެސް މި ހަފުތާގެ ތެރޭގައި ވަނީ ރަސްމީކޮށް ފަށާފައެވެ.