ހއ. މުރައިދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމާއި ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.

މިއީ ރާއްޖޭގެ 75 ރަށެއްގައި ޒަމާނީ ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢުގައި އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 15 ޕޮލިސް ޕޯސްޓްގެ މަސައްކަތެވެ.

މީގެތެރެއިން ބައެއް ރަށްރަށުގެ ޕޮލިސް ޕޯސްޓެ މަސައްކަތް ނިންމައި މިހާރު ވަނީ ހުޅުވާފައެވެ.