ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް

Original
Maldivian_Ads
TTH_Ads
STO_Ads
Advertisement

ހއ. މުރައިދޫގައި ތަރައްގީކުރަމުން އަންނަ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މުރައިދޫގައި ގާއިމުކުރާ މި ޕޮލިސް ޕޯސްޓަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖޭގައި އަމާން، ޞުލްހަވެރި ވެއްޓެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. މިގޮތުން ރަށްރަށުގައި ހުރި ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، އަލަށް ޕޮލިސް ޕޯސްޓުތައް ޤާއިމުކުރުމުގެ އިތުރުން ފުލުހުންގެ އައު މަރުކަޒުތައް އެޅުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ގާނޫނާއި ގާވާއިދަށް ހުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތްތަކަކަށް ހެދުމަށް ސަރުކާރާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 14 at 20.07.33

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްއެބަދޭ: އެމްޓީސީސީ

Qw

އާރުޑީސީގެ ހިންގުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކޮށްފި

WhatsApp Image 2026 10 14 at 10.26.19

ކިނޮޅަސް ޕޮލިސް ޕޯސްޓް އިމާރާތުގެ މަސައްކަތްތައް ނިމެނީ

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!