ވެރިކަން ކުރާ ޕީއެންސީއާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކުރަން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝިފާން ވިދާޅުވީ ސަރުކާރާ އެކު މަސައްކަތް ކުރަން ނިންމުމުގެ ކުރިން އަތޮޅުތަކުގައި ތިބި މެންބަރުންނާ ވެސް މަަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"އަަޅުގަނޑުމެން ސަރުކާރާ އެކު މަސައްކަތްކުރަން މި ނިންމީ އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާނޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވިއެވެ.
މާތްﷲގެ ވާގިފުޅާއެކު އަދާލަތު ޕާޓީއާ ގުޅިގެން ކުރެވޭ މަސައްކަތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިޚާބު ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރަން މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.