ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވެއްޖެ އެވެ.

ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބާރސެލޯ ނަސަންދުރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެއްބަސްވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަަހީމް ޢަބްދުالله އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން އެވެ.

އިޝްތިހާރު އިޝްތިހާރު

ކޮންގްރެސް ޕާޓީއާ އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިޙާދުވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޤަރާރަކުން ކަނޑައަޅާފައި ވަނިކޮށެވެ.

ސަރުކާރުން ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް 2028 ގައި ތާއީދުކުރުމަށް، ރަސްމީކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ޢަދާލަތު ޕާޓީގެ މެދުގައި އެއްބަސްވުމެއް ގާއިމުކޮށްފި

An official agreement has been established …

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނެރުއްވި ޤަރާރުގައި ވަނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަނާކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުގައި ތަރައްޤީކުރުމަކީ، ޢަދާލަތު ފާޓީ އުފެދިފައިވާ މައިގަނޑު މަޤްސަދަށްވާތީ ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް، ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަގަތު ހުރި ގޮތްކަމަށް ދެކޭ ކަމަަށެވެ.

އެހެން ކަމުން ޢަދާލަތު ފާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލިޙަށް ލިބިދީފައިވާ ބާރުގެ ދަށުން، ޢަދާލަތު ފާޓީގެ މަޝްވަރާ މަޖިލިހުން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް ޤަރާރުގައިވެ އެވެ.