ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިންތިޒާމުކުރި ފޯރިގަދަ "ކާނިވާ 44" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ 11 އިން 14 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކާނިވަލުގައި އެކި އުމުރުފުރާތަކަށް ޚާއްޞަ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި، ކުޑަކުދިން ގަޔާވާނެ ގިނަ ކުޅިވަރުތަކެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މުދަލާއި، ކާބޯތަކެތި ވިއްކުމަށް ގިނަ އަދަދެއްގެ ސްޓޯލްތަކެއް މި ސަރަޙައްދުގައި ޤާއިމުކޮށްފައިވެއެވެ.

Kaanivaa 44 Day 1 🎪

Lots of fun and delicious food all around! ❤️

މި ކާނިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށް، ސްވައިޕް ޓްރާންސެކްޝަނެއް ހެދި ފަރާތްތަކުގެ މެދުގައި ޚާއްޞަ ލަކީޑްރޯއެއް ކުރިއަށްގެންދިޔައެވެ. މި ލަކީޑްރޯއިން ހޮވުނު ނަސީބުވެރި ފަސް ފަރާތަކަށް މެކްބުކް ނިއޯއެއް އަދި ދެ ފަރާތަކަށް ބެޓެރީ ސައިކަލެއް ވަނީ ޙަވާލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު
Kaanivaa 44 Day 2 🎪

An evening filled with many smiles and fun activities! ❤️

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ކާނިވަލުގެ މައިގަނޑު މަޤްޞަދަކީ ޢާއިލާތަކާއި އެކުވެރިން އެއްވެލައި، އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ބޭންކާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު އެއް އަމާޒެވެ.

Lots of fun and delicious food all around on the final day of Kaanivaa 44! 🎪❤️

މީގެ ކުރިން ވެސް އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މާލެ ސަރަޙައްދުގައި އަދި ވޭތުވެދިޔަ އަހަރު އައްޑޫ ސިޓީގައިވެސް މިފަދަ ކާނިވަލެއް ބާއްވާފައިވާއިރު، މި ހުރިހާ ހަރަކާތްތަކަކަށް ވެސް ޢާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ.