އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެވެ. މި އިސްލާޙަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނަށް ބަދަލު ގެނައުމަށްޓަކައި ހުށަހެޅުނު ބިލެކެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ ހާއްސަ އަދި އާންމު އުސޫލުތައް ކަނޑައެޅުމެވެ. އަދި ބިދޭސީން ރާއްޖެއަށް އައުމާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމާ ގުޅޭ އުސޫލުތައް ސާފުކުރުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން ރާއްޖެއަށް އައުމާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް ފަރާތްތަކާމެދު އަމަލު ކުރާނެ ގޮތްތައް ކަނޑައެޅުން މި ބިލުގައި ހިމެނެއެވެ.
e