މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ބަދަލު ގެނެސްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ އެންމެހައި މައުލޫމާތާއި އާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ހާއްސަކުރެވިފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 ކަމަށެވެ. މި ނަންބަރުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބޭނެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރެވެ.
މީގެއިތުރުން، ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލިހާލަތްތަކުގައި ގުޅުމަށް ހާއްސަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިން ކަމުގައި އެމް.ޑަބްލިޔު.އެސް.ސީން ފާހަގަކުރެއެވެ. މި ނަންބަރުގެ ހިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ވީމާ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުެުމަށް އެ ކުންފުނިންވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.