މޫސުން ގޯސްވެ، މެދުރާއްޖޭ ތެރެއާއި އުތުރުގެ ބޮޑުބަޔަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ
މެޓުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
މީގެކުޑައިރުކޮޅެއް ކުރިން ނެރެފައިވާ މި ސަމާލުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 ގައެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ވަނީ މިއަދުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.