މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކުރި ފިލްމީ ފަންނާނުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު މިރޭ އާންމުކޮށްފަ އެވެ. ވިލިމާލޭގައި ހިންގި އޮޕަރޭޝަންގައި އިއްޔެ ހައްޔަރުކުރީ އަހްމަދު އަޒްމީލް (އަޒޭ) އާއި އިސްމާއީލް ޖުމައިހް (ޖުމާ) އާއި މުހައްމަދު ވިޝާލް (ރޯމަން) އަދި ޝާހިލް މުހައްމަދު އެވެ.
އެ މީހުންގެ ބަންދަށް މުއްދަތު ޖެހި މަޖިލީހުގައި ފުލުހުން ވަނީ އެ މީހުން މަސްތުވާތަކެތީގެ ބާވަތްތަކަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ ތިން ބާވަތެއް ކަމަށްވާ އެމްއޭޕީ އާއި ސީއޭޓީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާކަން އައިއޯ އިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ މީހުން ތިބި ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރިކަން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެކަންކަމަށް ބެލުމަށް ފަހު ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.










ކިޔުންތެރިންގެ ހިޔާލު