ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިއާ ކާރު އެކްސިޑެންޓް: ޑްރައިވަރުގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

Accident 1536x868
TTH_Ads
Maldivian_Ads
STO_Ads
Advertisement

މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވެ، އިތުރު ދަރިވަރަކަށް އަނިޔާވި މި އެކްސިޑެންޓާ ގުޅިގެން، އީ-ހެއިލިންގް ޚިދުމަތްދޭ ޑްރައިވަރެއްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލައިފިއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 37 އަހަރުގެ މުހައްމަދު ޝަފީގު އިބްރާހީމް، 8 އޮކްޓޯބަރު 2024 ގައި ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ އެ ތިން ދައުވާއަށްވެސް އިންކާރުކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ދިވެހި ދަރިވަރު އާމިނަތު އިމިލީ ނާޒިމް ނިޔާވުމަށް މެދުވެރިވުމާއި، އިތުރު ފަސިންޖަރަކަށް އަނިޔާވުމަށް މެދުވެރިވުމުގެ އިތުރުން، ފަރުވާކުޑަކޮށް ދުއްވުމުގެ ދައުވާއެވެ.

މީގެ ތެރެއިން ފުރަތަމަ ދެ ދައުވާ އުފުލާފައިވަނީ އެކްސިޑެންޓް ހިނގި ވަގުތު ޑްރައިވަރު މެތަމްފަޓަމީން ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭތީއެވެ. ތިންވަނަ ދައުވާއަކީ އޭނާ އުޅަނދު ދުއްވި ގޮތާ ގުޅޭ ދައުވާއެކެވެ.

HajjCop_ads
Advertisement

މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 8:40 ހާއިރު، ދަމަންސާރާ-ޕުޗޯންގް އެކްސްޕްރެސްވޭގެ ޕީ.ޖޭ.އެސް ޓޯލް ޕްލާޒާ ކައިރީގައެވެ. އޭނާ ދުއްވަން އިން “ޕެރޮޑުއާ އެޓީވާ” މާކުގެ ކާރު ކޮންޓްރޯލުން ނެއްޓި، އެހެން ކާރެއްގައި ޖެހި ބޮޑު އެކްސިޑެންޓެއް ހިނގިއިރު، މަރުވި ދަރިވަރު އޮތީ ކާރުގެ ތެރޭގައި ތާށިވެފައެވެ. އޭނާ މަރުވީ އެ ހާދިސާ ހިނގި ތަނުގައެވެ.

ކޯޓުން ވަނީ 9,000 މެލޭޝިއަން ރިންގިޓްގެ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލާފައެވެ. އަދި މައްސަލަ ނިމެންދެން އޭނާގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ 4 ޑިސެމްބަރު 2024 އަށެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ، ފުރަތަމަ ދައުވާއަށް އެކަނިވެސް 15 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އަދި 50,000 އާއި 100,000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެހެން ދައުވާތަކަށްވެސް މެލޭޝިއާގެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އިތުރު އަދަބުތައް ކަނޑައެޅޭނެއެވެ.

ތުހުމަތު ކުރެވޭ ފަރާތުން މި ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައިވާއިރު، މައްސަލައިގެ ޝަރީއަތް ކޯޓުގައި ދަނީ ކުރިއަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

448964 3 037430c446ec08e53c8e13c8415a0fd9dd30ac63

ސޯސަން މަގު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

police

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާ ދޯންޏެއް ޖެހި، އެކްސިޑެންޓް ވެއްޖެ

kulli khabaru

ހުޅުމާލޭގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް، 3 މީހުންގެ ހާލު ސީރިއަސް

އެކްސިޑެންޓްގައި ނިޔާވި ދަރިވަރުގެ ޖަނާޒާ މަޣްރިބް ނަމާދަށްފަހު