ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް: ޚުޠުބާ

Hukuru khuthubaa
STO_Ads
Maldivian_Ads
TTH_Ads
Advertisement

އަހަރެމެންގެ އަތްމަތީގައި މިވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެއެވެ. މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމާއި، އެއީ އިމްތިޙާނެއްކަން މާތް اللهُ ވަނީ އަންގަވައިފައިވާ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “މުދަލަކީ މާތް ﷲގެ ޙައްޤެއް” އެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ މުދަލާއި މުދާވެރިކަމާ ގުޅޭ އިސްލާމީ ތަޞައްވުރު ބިނާވެފައިވަނީ، ބަދަލުވުމެއް ނެތް، ވަރުގަދަ އަސާސެއްގެ މަތީގައި ކަމަށެވެ. ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ، މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ.

HajjCop_ads
Advertisement

“މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއްނޫނެވެ. އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނުކުރެއްވުމުގެ ގޮތުން، އެކަލާނގެ މިންވަރުކުރައްވަވާ ކަންކަމެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރާންވީ ސުވާލަކީ، ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯއެއް ނޫނެވެ. އެހެނެއްކަމަކު، ކުރާންވީ ސުވާލަކީ، މާތް ﷲ ކުރިމަތިކުރެއްވި މި އިމްތިޙާނުން ކާމިޔާބީހޯދުނުތޯއެވެ!” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މުދާ ހޯދާންވާނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިން ކަމަށެވެ. މާތް ﷲ ޙަރާމްކުރެއްވި މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އަހަރެމެންނަކަށް ނެތް ކަމަށެވެ.

ޙަލާލު މުދަލުގެ ތެރޭގައި، ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުޢާމަލާތުތަކުން ލިބޭ އާމްދަނީ ހިމެނެއެވެ. ހަމަ އެއާ އެކު، ހެޔޮ ހިތުން ދެވޭ ހަދިޔާއާއި، ޝަރުޢީ ހަމަތަކުގެ މަތީން ލިބޭ ތަރިކަ މުދަލަކީ ވެސް ޙަލާލު މުދަލުގެ ތެރޭގައި ހިމެނޭނެއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމެވެ. ޚުޠުބާގައި ވިދާޅުވީ ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަންކުރުމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަން ކަމުގައެވެ. މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫނެވެ. މިއީ، އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.

ނަހަމަ ގޮތުގައި މުދާ ހޯދުމުގެ ތެރެއިން އަމާނާތަށް ޚިޔާނާތްތެރިވުމަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ އެއް ފާފަކަމުގައި ނޫނީ ނުވާނެއެވެ.

“އަމާނާތެއްގެ ގޮތުގައި މާތް ﷲ ތިޔަބައިމީހުންނާ ޙަވާލުކުރައްވައިފައިވާ މުދަލުގައި، އަދާކުރާންޖެހޭ ޙައްޤުތަކަކާއި މަސްއޫލިއްޔަތުތަކެއް އެކަލާނގެ ވަނީ ކަނޑައަޅުއްވައިފައެވެ. އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭން ޖެހޭ ވާޖިބަކީ، އަމިއްލަ އަހުލުންނަށްކުރާ ހޭދައެވެ. އެއީ ތިމާގެ އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާ ބަލަހައްޓާން ޖެހޭ އެންމެހައި މީހުންނެވެ. މިއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެކެވެ. އެއަށް ފަހު ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުންނާއި، ދަތުރުވެރީންނަށްކުރާ ހޭދައެވެ.” ހުކުރު ޚުޠުބާ

ހުކުރު ޚުޠުބާގައި ވިދާޅުވީ މުދަލުގައި މާތް ﷲގެ އެހެން ޙައްޤެއް ވާ ކަމަށެވެ. އެއީ މުދާ ޠާހިރުކުރުމަށް ޓަކައި އަހަރަކު އެއްފަހަރު ދެއްކުން ވާޖިބުވެގެންވާ ފަރުޟު ޒަކާތެވެ. އަހަރެމެން ޒަކާތް ދައްކާ އިރު، އެ އަދާކުރެވެނީ މުދަލުގެ އަސްލު މިލްކުވެރި ފަރާތުން އަހަރެމެންނާ ޙަވާލުކުރެއްވި އަމާނާތެވެ. މުދާ އިސްރާފުކުރުމާއި، އެ މުދާ ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ޙައްޤެއް އަހަރެމެންނަށް ލިބިގެންނެއް ނުވެއެވެ. ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަތުމާއި، އެ ތަކެތީގެ ބޭނުންނުކޮށް ހުއްޓައި އޭގެ މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް، އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

khuthubaa hukuru

ޛިކުރުކުރުމުގެ ސަބަބުން އިންސާނާގެ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ: ޚުޠުބާ

Hukuru khuthubaa

މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް: ޚުޠުބާ

ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭ: ޚުޠުބާ

mosque , miskih, khuthuba

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަން ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން: ޚުޠުބާ