ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭ: ޚުޠުބާ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން” އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނޭ ކަމަށެވެ. އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެކެވެ. ހަމަ އެއާ އެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ފަހެ ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެވެ. މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުން ހިމެނެއެވެ.

“ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ. ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމެވެ. ފަހަށް ރައްކާކުރުމަކީ މި ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ. އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ.” ހުކުރު ޚުޠުބާ

މުދަލާ މެދު އަހަރެމެން ފިކުރުހިންގާ އިރު ވިސްނާން ޖެހޭ އަނެއް ކަމަކީ، ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނޭ ގޮތެއް ވެސް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ މައްސަލައެވެ.

ޚުޠުބާގައި ވިދާޅުވީ ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމަށާއި ދަރަނީން ރައްކާތެރިވުމަށް އެދި ނަބިއްޔާ ވަނީ ދުޢާކުރައްވައިފައިވާކަމަށެވެ. އަދި
ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. ދަރަނިދޭ މީހާގެ ޙައްޤެކެވެ. އެހެންކަމުން ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

“މުދާ ހޭދަކުރާން ޖެހޭ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓާން ޖެހޭ ފަރާތްތަކެވެ. އެހެނީ އަނބިދަރީންނަށް ކޮންމެހެން ކުރާން ޖެހޭ ހޭދައަކީ ތިމާގެ މުދަލުގައި ލައްވައިފައިވާ އެ ބައިމީހުންގެ ޙައްޤެކެވެ. އަބުރުވެރިކަމާ އެކު ތިމާގެ އަނބިދަރީންނަށް އުޅެވޭނޭ މިންވަރަށް ތިމާގެ ފެންވަރުގައި ޚަރަދުބަރަދުދޭން ޖެހޭނެއެވެ.” ހުކުރު ޚުޠުބާ

ޚުޠުބާގައި ވިދާޅުވީ ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެކެވެ. މުދާ ހޭދަކުރުމުގައި ޢަދުލުވެރިވުމާއި، ދަރަނީން ރައްކާތެރިވުމާއި، ފަހަށް ރައްކާކުރުމާއި، މުދަލުގައި ހިމެނޭ ހައްޤުތަކާ މެދު ޢާއިލާގެ މެމްބަރުންނަށް ނަސޭހަތްތެރިވާންވާނެއެވެ. މާލީގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާވުމުން އަމާނާތްތެރިކަމާއި، ތެދުވެރިކަމާ އެކު ޒިންމާދާރުވާނެ މުޖުތަމަޢެއް ބިނާވާނެއެވެ.

“މާތް ﷲގެ އަޅުތަކުންނޭވެ! ހަރުދަނާކަމާ އެކު މާލީ މުޢާމަލާތްތައްކުރުމަކީ ތިމާގެ ޙިކުމަތްތެރިކަމުގެ ޢަލާމާތެކެވެ. އަދި އެއީ ޢާއިލާއާއި މުޖުތަމަޢު ހަރުދަނާވުމުގެ ސަބަބެކެވެ. ފަހެ އަހަރެމެންގެ މާލީ އެންމެހައި ކަންކަމަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދާންޖެހެއެވެ. ޢަދުލުވެރިކަމާ އެކު ހޭދަކުރުމާއި، އިސްރާފުނުކުރުމާއި ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހެއެވެ.” ޚުޠުބާ

މާލީ މުޢާމަލާތްތައްކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެކެވެ. ގަނެވިއްކުމުގައި މުއުމިނު އަޅާ ތެދުވެރިވާނެއެވެ. މުޢާމަލާތްތަކުގައި އަމާނާތްތެރިވާނެއެވެ. ދަރަނި އަދާކުރުމުގައި ފަރުވާތެރިވާނެއެވެ. މީސްތަކުންގެ ޙައްޤުތަކާ މެދު ރައްކާތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައިވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mosque , miskih, khuthuba

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަން ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން: ޚުޠުބާ

Hukuru khuthubaa

ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް: ޚުޠުބާ

khuthubaa hukuru

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް: ޚުޠުބާ

hukuru khuthuba

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ