ޕީއެންސީގެ ކޮންގްރެސްގެ ނިންމުމަކާއެކު، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް 2028ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓު މިރޭ ރަސްމީކޮށް އަރުވައިފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ޚާއްޞަ ޖަލްސާގައި މި ޓިކެޓު އެމަނިކުފާނާ ހަވާލުކޮށްފައިވަނީ ކޮންގްރެސްގެ ބައިވެރިންގެ އިއްތިފާގުން ފާސްކުރެވުނު ޚާއްޞަ ޤަރާރަކަށެވެ.
ވެރިކަން ކުރާ މައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންވެއްޖެނަމަ، ޕާޓީގެ މަޖިލީހަށް ހުށަހަޅައިގެން ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމުގެ ފުރުޞަތު އޮވެއެވެ. މިގޮތުން ހުށަހެޅުނު ޤަރާރު ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ ޢިއްތިފާޤުންނެވެ.

ޤައުމުގެ މިނިވަންކަމާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށްޓަކައި ރައީސް މުޢިއްޒު ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިފަދައިން ނިންމާފައިވާއިރު، މިހާތަނަށް މި ޓިކެޓަށް އެއްވެސް އެހެން ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ. ޕީއެންސީއަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާއިރު، ކުރިއަށް އޮތް އިންތިޚާބު ވަރަށް ފަސޭހައިން ކާމިޔާބުކުރެވޭނެ ކަމަށް ޕާޓީގެ އިސްވެރިން އަންނަނީ ވިދާޅުވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު