ހުޅުމާލޭގައި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އިމާރާތްކުރަމުންދާ 4000 ފްލެޓްގެ މަޝްރޫޢުއާ ގުޅޭގޮތުން، ކުރީގެ ސަރުކާރުން ޢާންމުކުރި ލިސްޓު މުރާޖަޢާކޮށް، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އައު ލިސްޓެއް ސަރުކާރުން ވަނީ ޢާންމުކޮށްފައެވެ.
މި އައު ލިސްޓުގައި ޖުމްލަ 1،820 ފަރާތަކަށް ފްލެޓް ލިބޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- ތިން ކޮޓަރީގެ ފްލެޓަށް ޝަރުޠު ހަމަވާ 1،423 ފަރާތް
- ދެ ކޮޓަރީގެ ފްލެޓަށް ޝަރުޠު ހަމަވާ 397 ފަރާތް
އިތުރު ތަފްޞީލުތަކުގެ ތެރޭގައި:
- 2،695 ފަރާތެއްގެ ފޯމު ޝަރުޠު ހަމަނުވާކަމަށް ވަނީ ކަނޑައަޅާފައި
- 424 ފަރާތެއް، ޕޮއިންޓަށް އައި ބަދަލާ ގުޅިގެން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުން ވަނީ އުނިވެފައި
މީގެ އިތުރުން، ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވާކަން ފާހަގަކުރަމެވެ.
https://www.gazette.gov.mv/iulaan/330304

ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.