ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން: ރައީސް

muiz
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މިންވަރު ކުޑަނުވާނެހެން ކަންކަން ހަމަޖެއްސުމަށް ޕޭ ކޮމިޝަނަށް އަންގަވާފައިވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ރައްޔިތުންގެ އަޑު” ޕްރޮގްރާމުގެ ހަވަނަ އެޕިސޯޑުގައި ސިއްހީ ދާއިރާގެ މުވައްޒަފަކު ވަނީ، އަލަށް އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ތެރެއަށް ބައެއް މުވައްޒަފުން ނުފެތޭތީ ހުރި ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

އެކަމާ ގުޅީގެން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށާއި، މިހާތަނަށް މި މައްސަލައަށް އެދެވޭ ހައްލެއް ނުލިބި ތިބި އެންމެހައި މުވައްޒަފުންނަށް އެކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާތައް ފަދަ ނުރައްކާތެރި ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް ފަސޭހައިން އިންޒާރު ލިބޭނެ އިންތިޒާމުތައް ސަރުކާރުން ތަރައްގީކުރާ ފްލެޓްތަކުގައި ގާއިމުކުރުމަށާއި، ސްކޫލް މާހައުލުގައި އެކަށީގެންވާ ލުއިފަސޭހަ އެކްސެސްބިލިޓީ ނިޒާމެއް ހަމަޖައްސައިދިނުމަށް އިސްކަން ދެމުންދާ ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އެމަޖެންސީ ހާލަަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަތަކަށް އެނގޭނެ ނިޒާމެއް ޤާއިމްކުރަނީ

muiz

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދޭނަން: ރައީސް

“ރައްޔިތުންގެ އަޑު” ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި

ޤުރްއާން މުބާރާތުން، 1ވަނަ އަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފި