ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ އަންހެނަކު އުޅޭ ވަކި ތަނެއް ނޭނގޭތީ، އެ މީހާ ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ ހަވާ / ރ. މަޑުއްވަރި، ޢާއިޝަތު ފަރީޝާ (35އ) އެވެ. އެ މީހާގެ އައިޑީކާޑު ނަންބަރަކީ A255512 އެވެ. އެ މީހާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން އެ މީހާއަށް ހާޒިރުވުމަށް އަންގައިފައި ވަނީ 2026 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 14:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. މި އިއުލާނު ކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުންނެވެ.











ކިޔުންތެރިންގެ ހިޔާލު