ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލެ ޓްރެފިކް ފުލުހުން ހާއްސަ “ސައިލެންޓް ޑްރިލް” އެއް ބާއްވައިފިއެވެ. މި ހަރަކާތަކީ ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓް ގިނަވެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އޮފީސްތައް ނިމިގެން ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް އަރާ ވަގުތާ ދިމާކޮށް، ހުޅުމާލެ ސަހަރާ ކައިރީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، ދުއްވާ މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން، ރައްކާތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތައް، މަގުން ދަތުރުކުރާ އުޅަނދުތަކަށް ރަނގަޅަށް ފެންނާނެހެން ހިފަހައްޓައިގެން ތިބެ ފުލުހުން ދައްކާލާފައި ވެއެވެ.

މި ޑްރިލްގެ ތެރެއިން މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ މަގުމަތީގެ ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމަށެވެ. އެގޮތުން ބާރުސްޕީޑުގައި އުޅަނދު ނުދުއްވުމަށާއި، މަގުމަތީގެ ނިޝާންތަކަށް ބޯލެނބުމަށާއި، ދުއްވާއިރު ފޯނު ބޭނުން ނުކުރުމުގެ އިތުރުން އުޅަނދު ދުއްވާ ކޮންމެ މީހަކު ވެސް އަނެކާގެ ސަލާމަތަށް ވިސްނައިގެން އުޅަނދު ދުއްވުމަށް މި ބޯޑުތަކުން އިލްތިމާސްކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 10 ވަނަ ދުވަހުއެވެ. ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޓްރެފިކް ޕޮލިހުން އަންނަނީ މެދުކެނޑުމެއްނެތި ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން

police

ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި