ދިރާގު ޓަވަރަކަށް މަސައްކަތެއް ކުރަން އަރާ އުޅުނު މީހަކު ވެއްޓިއްޖެ އެވެ.
މި ހާދިސާ ހިނގީ ރ. ފުއްގިރީގައި ޖަހާފައިވާ ދިރާގު ޓަވަރަކަށް މަސައްކަތެއް ކުރަން އަރާ އުޅެނިކޮށެވެ. އެ ހާދިސާގައި ވެއްޓި އަނިޔާވީ ބިދޭސީ އަކަށެވެ.
އޭނާއަށް މިހާރު ދަނީ އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ލިބުނު ގެއްލުމުގެ ތަފްސީލެއް ސާފެއް ނުވެ އެވެ.

ފުލުހުން ދެންމެ ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލަ މިއަދު 15:58 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ދަނީ ފަރުވާ ދެމުން ކަމަށާ އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެ އެވެ.










ކިޔުންތެރިންގެ ހިޔާލު