ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާން މުބާރާތުން، 1ވަނަ އަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން، އެއްވަނަ އަށް އަންނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލު އާންމުކޮށްފި އެވެ.

މި އުސޫލުގެ ދަށުން ސްކޮލަރޝިޕް ދޭނީ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން ޙާފިޘުންގެ ބައިން އެއްވަނަ ހޯދާ ދިވެހި ރައްޔިތަކަށާއި ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދާ ދިވެހި ރައްޔިތަކަށާއި ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދާ ދިވެހި ރައްޔިތަކަށެވެ.

ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ފުރަަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުުސަތު ލިބޭނެ އެވެ.

HajjCop_ads
Advertisement

އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުގައި ސްކޮލަރޝިޕްގެ ދަށުން ގިނަ ޚަރަދުތަކެއް އެ ދަރިވަރަށް ދޭނެ އެވެ. އެގޮތުން ކޯހުގެ ރަޖިސްޓްރޭޝަން ފީ އާއި ޓިއުޝަން ފީ އާއި ސްޓޭޑެންޓް ވީޒާ ފީ އާއި ހެލްތް އިންޝުއަރެންސް އާއި އެސްޓަބްލިޝްމަންޓް އެލަވަންސް އާއި ސްޓައިޕެންޑް ހިމެނެ އެވެ.

މި ސްކީމްގެ ދަށުން ދޭ ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިއަށް ގެންދާ ދަރިވަރުންނަށް ރާއްޖެއަށް އާންމުކޮށް ކަނޑައަޅާފައިވާ ސްޓައިޕެންޑް ރޭޓްގެ އިތުރުން ކޮންމެ މަހަކު 6,000 ރުފިޔާގެ ޚާއްސަ އެލަވަންސްއެއް ދޭނެ އެވެ.

މީގެ އިތުރުން ބުކް އެލަވަންސް އާއި އިންޓަރޝިޕުގެ ޚަރަދާއި ޑިޕާޗަރ އެލަވަންސް އާއި އިންކްލޫސިވިޓީ އެލަވަންސް އަދި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސް ދޭނެ އެވެ.

އާންމުކޮށްފައިވާ އުސޫލުގައި ސްކޮލަރޝިޕް ދިނުމުގައި އަމަލުކުރާނެ ގޮތާއި ދަރިވަރުގެ ޒިންމާ އާއި ސްކޮލަރޝިޕް ފުރުސަތު ކެންސަލްވާ ޙާލަތްތަކާއި ކިޔަވާ ޕްރަގްރާމް ބަދަލުކުރުމާއި ދަރިވަރު ކޯހުން ފެއިލްވެއްޖެނަމަ ނުވަތަ ވަކިވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި ކޯސް ނިންމުމަށް ފަހު ޚިދުމަތް ކުރުމާއި ގުޅޭ ތަފްސީލްތައް ހިމަނާފައިވެ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް