ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުމާއި ރޯގާ އަދި ބޭރަށްހިންގުން އިތުރުވަނީ

Dharumavantha hospital
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުން އިތުރުވަމުންދާތީ، އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ބޭރަށްހިންގުން ޖެހިގެން ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު، އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމާއި ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެ ދުވަސްވަރެއްކަން ފާހަގަކުރައްވައި، ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިވަޑައިގެންފައެވެ.

ބަލިތަކުން ރައްކާތެރިވުމަށްޓަކައި އާންމުން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކުގެ ތެރޭގައި:

HajjCop_ads
Advertisement

ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން.
ގިނަގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުން.
ރޯގާގެ އަލާމާތެއް ހުރިނަމަ، އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
އާންމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން.
ކެއްސައި ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން.

މީގެ އިތުރުން، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ބަލިވެއްޖެނަމަ ޕެރެސެޓަމޯލް ފިޔަވައި އިތުރު އެހެން ބޭހެއް އަމިއްލައަށް ބޭނުން ނުކުރުމަށާއި، ހުންއަންނަތާ ތިން ދުވަހަށްވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އާންމުންނަށް ހަނދާންކޮށްދީފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހޮޑުލުމާއި ބޭރަށްހިންގުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

health ministry

އާންމު ސާފުތާހިރު ކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް މާލީ އެހީދެނީ