ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލީހުގެ ނިންމުމުގެ ރަސްމިއްޔާތުގައި، އެ ޕާޓީގެ އެންމެ ފަހުގެ ޒަމާނީ ފީޗާސްތަކާއެކު ތައްޔާރުކޮށްފައިވާ އައު ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރާއްޖެ ޑިޖިޓަލް ކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން، މިރޭ ނިމުމަކަށް އަންނަ އެ ޕާޓީގެ މަތީ މަޖިލީހުގެ އިންތިޚާބުތައްވެސް ކުރިއަށްގެންގޮސްފައިވަނީ އެއްކޮށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ.
ވެރިކަން ކުރާ ޕީއެންސީން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމުގެ ގޮތުން ޚާއްޞަ ވެބްސައިޓެއް ތަރައްޤީކޮށްފައިވާއިރު، ޒަމާނީ ފެންވަރުގެ އެކި ފީޗާސްތަކާއެކު ފަރުމާކޮށްފައިވާ މި ވެބްސައިޓަކީ، ޕާޓީގެ ކަންކަން ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މި ފެންވަރަށް ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވުނު ފުރަތަމަ ފަހަރު ކަމަށް އެ ޕާޓީން ފާހަގަކުރާއިރު، މި ވެބްސައިޓާއެކު ޕާޓީގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު