ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ

hukuru khuthuba
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށާއި ސުންނަތަށް ނަޞްރުދީގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “މާތް ނަބިއްޔާ ދެކެ ލޯބިވުން” އެވެ.

މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ދީނަކީ، އިސްލާމްދީނެވެ. ހުކުރު ޚުޠުބާގައި ވިދާޅުވީ ނަބީކަމާއި ރަސޫލުކަމާއިގެން މުޙައްމަދުގެފާން ފޮނުއްވުމުގެ ކުރީގައި މަދު ބައަކު ފިއަވައި، ބުދަށާއި ގަސްގަހާގެއްސަށާއި އަލިފާނަށާއި ފެނަށާއި ހިލައަށާއި އިންސާނުންނަށް ވެސް މީސްތަކުން އަޅުކަންކުރި ކަމަށެވެ. އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކީ ކޮބައިކަން ދަންނަމީހުން މަދެވެ. ކުރީން ބާވައިލެއްވުނު އިލާހީ ޝަރީޢަތްތައް ވަނީ ތަޙުރީފުކުރެވި، އޭގެ އަޞްލު ގެއްލިފައެވެ. ދުނިޔޭގައި އޮތީ ޖަންގަލީގެ ޤާނޫނެވެ. އެއިރު ވިޔަފާރިމުދަލެކޭ އެއްފަދައިން ބާޒާރުގައި އިންސާނުން ގަނެވިއްކިއެވެ. އަނިޔާވެރިކަން ވަނީ ބޮޑުވެފައެވެ. އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުމާއި ރިބާގެ މުޢާމަލާތްތައް ފަދަ މުންކަރާތްތައް ވަނީ ފެތުރިފައެވެ. މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި، މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ، މާތް ނަބިއްޔާ މުޙައްމަދުގެފާންއެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައެވެ. ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ.

HajjCop_ads
Advertisement

މާތް ސާހިބާ މުޙައްމަދުގެފާނަކީ ތަޤުވާވެރީންގެ އިމާމެވެ. ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަޤާމާއި ޙައުޟޭ ކިޔުނު ފެންއާރުގެ ވެރި ސާހިބާއެވެ. އެބޭކަލަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

“ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް، އިޙުތިރާމްކޮށް އަދަބު تَعْظِيْمُ އަދާކުރުން، އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް އެބަހީ: އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. މީސްތަކުންގެ ގާތަށް މާތް الله ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލުބޭކަލަކަށް ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށެވެ. އަދި އަހަރެމެންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެވަޑައިގަތް ކަމަށާއި ނަމަވެސް މާތް الله އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި، އެކަލާނގެ ނަބިއްޔާއަށް ނަޞްރުދެއްވި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވުން ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނެ: ޚުޠުބާ

mosque , miskih, khuthuba

އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ: ޚުޠުބާ

khuthubaa hukuru

ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް ކުފުރުވާވަރުގެ ބޮޑު ފާފައެއް: ހުކުރު ޚުޠުބާ

mosque , miskih, khuthuba

ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު: ޚުޠުބާ