ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަން ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން: ޚުޠުބާ

mosque , miskih, khuthuba
STO_Ads
TTH_Ads
Maldivian_Ads
Advertisement

ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަމާއެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “އިސްލާމްދީނުގައި ސާބިތުވުން” އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތުގެ ނިޢުމަތަކީ އިންސާނުންނަށް މާތް ﷲ ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ޤަރުނަކަށް ފަހު ޤަރުނެއް އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަސަތޭކަ އަހަރުވީއެވެ. މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަމާއެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

HajjCop_ads
Advertisement

ހުކުރު ޚުޠުބާގައި ވިދާޅުވީ މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެން ކަމަށެވެ. މި ދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ގޮވައިލާ ދީން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

“އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށްޓަކައި ޤާނޫނީގޮތުންނާއި ސިޔާސީ ފެންވަރުގައްޔާއި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކެއް ވޭ. އޭގެތެރޭގައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނޭ.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު ދިވެހި ދައުލަތުން އެކަމަށް ދިން މުހިންމުކަމުގެ ސަބަބުންނާއި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނާއި، ދިވެހީންގެ މެދުގައި އިސްލާމް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

“އިސްލާމްދީނުގެ ވަރުގަދަކަމާއި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އިޖުތިމާޢީ އެންމެ ވަރުގަދަ އަސާސަކީ ނަމާދު. މީގެ އިތުރަށް މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމާއި ބޮޑެތިމީހުންނަށް ކަމޭހިތުމާއި ކުޑަކުދީންނަށް އޯގާތެރިވުމާއި ޣީބަ ނުބުނުމާއި މީސްތަކުންނަށް ހެޔޮކޮށްހިތުމާއި އަބުރާނުބެހުމާއި ދީނީ އެންމެހައި އަޚުލާޤިއްޔާތު އިޖުތިމާޢީ ގޮތުން ދެމެހެއްޓުން.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރީންނާއި އެންމެހައި އަފުރާދުން އިސްލާމީ ތަރުބިޔަތުގެ މަތީގައި ބޮޑުކުރަން މަސައްކަތްކުރާންވާނެކަމަށެވެ. މި ގޮތުން މާތް ﷲ މަޢުރިފާކޮށް ދެނގަތުމާއި އެކަލާނގެ ރަސޫލާއަށް އީމާންވާން ދަސްކޮށްދިނުމާއި އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގެ ރިވެތި ސިފަތައް ދަސްކޮށްދީ ނަމާދު ކުރާން ހާނުވާންވާނެ ކަމަށެވެ.

“ދަރީންނަކީ މުސްތަޤުބަލުގެ ޖީލު. އިސްލާމް ދީން ދިފާޢުކުރުމުގެ މަސްއޫލިއްޔަތު އުފުލާނީ އެ ދަރީން. އިސްލާމްދީން ރައްކާތެރިވުން ބިނާވާނީ އެ ދަރީންނަށް ދީން އުނގަންނައިދިން ގޮތެއްގެ މައްޗަށް.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ފަރުދީ ޒިންމާއަކީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފުސުގައި އިސްލާމްދީނުގެ ޢަޤީދާއާއި ޙުކުމްތައް ހަރުލެއްވުންކަމަށެވެ. ރަނގަޅު ފަރުދަކީ ރަނގަޅު ޢާއިލާއެއްގެ މުޑުވައް ކަމަށާއި ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢެއްގެ ބިންގާ ކަމަށެވެ. އަދި ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hukuru khuthubaa

ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް: ޚުޠުބާ

khuthubaa hukuru

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް: ޚުޠުބާ

hukuru khuthuba

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ

hukuru khuthuba

ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނެ: ޚުޠުބާ