ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނެ: ޚުޠުބާ

hukuru khuthuba
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސުންނަތާ ނުލައި އިސްލާމް ދީނުމުގެ ޙުކުމްތައް ނޭނގޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ދެއްވި ހުކުރު ޚުޠުބާގެ މަޢުޟޫއަކީ “އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު” އެވެ.

މި މަޢުޟޫއަށް މިއަދު ދެއްވިި ހުކުރު ޚުޠުބާގައި ވަނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތް ކަމަށާއި، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި އަހަރެމެންނަށް ކާމިޔާބުލިބުމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

HajjCop_ads
Advertisement

ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގުދެއްކެވުމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ ވަނީ އަންގަވައިފައިކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮވޭ. ޝަރުޢީ ކަމެއް ސުންނަތުން ސާބިތު ވިއަސް ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ނަމަ، އެއީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބު ނުލިބޭ ކަމެއްކަމުގައި މި ފަދަ މީހުން ދެކޭ.

ޚުތުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެއް ކަމަށެވެ. މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު ދީނުގެ އެންމެ މުހިންމު ރުކުނަކީ ނަމާދެވެ. މި ރުކުން މުއުމިނުންގެ މައްޗަށް ފަރުޟުވެއްޖެކަން ޤުރްއާނުން އެނގޭން އެބައޮތެވެ. ނަމަވެސް ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިކަންކަން އެނގެނީ ރަސޫލާގެ ސުންނަތުންނެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވައިފައެވެ. އެހެންކަމުން ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

khuthubaa hukuru

ޛިކުރުކުރުމުގެ ސަބަބުން އިންސާނާގެ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ: ޚުޠުބާ

Hukuru khuthubaa

މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް: ޚުޠުބާ

ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭ: ޚުޠުބާ

mosque , miskih, khuthuba

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަން ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން: ޚުޠުބާ