ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް: ޚުޠުބާ

Hukuru khuthubaa
Maldivian_Ads
STO_Ads
TTH_Ads
Advertisement

މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ ” އިސްލާމީ ޢަޤީދާގެ މުހިންމުކަން” މިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމަށެވެ. ހަމަޖެހުމާއި އުފާވެރިކަމަށް އެންމެންވެސް އެދޭކަމަށާއި، ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާކަމަށެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެންކަމަށް ޚުޔުބާގައިވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާ ނަބިއްޔުން ފޮނުއްވިއެވެ. އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ މާތް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމެވެ. އެ ބޭކަލުން ދުނިޔެވީ ތަނަވަސްކަމާއި ފާގަތިކަމަށް އިހުމާލުވެވަޑައެއްނުގަންނަވާ ކަމަށާއި، ނަމަވެސް ޞައްޙަ ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުމަށް މަސައްކަތްކުރެއްވެވިކަމަށް ވިދާޅުވިއެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ، ޞައްޙަ ޢަޤީދާކަމުގައި ވާތީ ކަމަށާއި، ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިޞްލާޙުވުމުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

“އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިޞްލާޙުކޮށްދެއްވާނެތެވެ. އަދި އެ މީހަކާއި މާތް ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް، އެ މީހަކާއި މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ. އަދި އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ.” ޚުޠުބާގައި ވިދާޅުވިއެވެ

މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ ޞައްޙަ ޢަޤީދާއެވެ. ޚުޠުބާގައި ވިދާޅުވީ ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މަތިވެރި އަމާނާތެެއްކަމަށެވެ.

“އިސްލާމްދީނުގެ އުޞޫލުތައް، ބޮޅަކަށްފަހު ބޮޅެއް ނެއްޓި ދެމިގަނެގެންދާހުށީ، ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދުމުންނެވެ. ފަހެ، ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މަތިވެރި އަމާނާތެކެވެ” ޚުޠުބާގައި ވިދާޅުވިއެވެ.

ދުންޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރީންގެ މުސްތަޤުބަލަށްޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ދުނިޔޭގެ އުފަލާއި ޒީނަތްތެރިކަން ހޯދުމުގައި މަޝްޣޫލުވެއުޅޭ މިޙަޔާތުގައި، އާޚިރަތުގެ ކާމިޔާބީއަށްޓަކައި ސާފުސީދާ ހިތެއްގެ ވެރިއަކަށްވުމަށް މަސައްކަތްކުރުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. އިސްލާމީ ޢަޤީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވަމުންއަންނަ ތަރިކައެއްގެ ގޮތުގައި ބަލައި، މި މަތިވެރި ނިޢުމަތާ މެދު އިހުމާލުނުވުމަށާއި، ދީނާ ދުރު ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވުމަށްޓަކައި، ޞައްޙަ ޢަޤީދާ ރަނގަޅަށް ދެނެގަނެ، އެ ގޮތުގައި ސާބިތުވުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭ: ޚުޠުބާ

mosque , miskih, khuthuba

އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަން ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން: ޚުޠުބާ

Hukuru khuthubaa

ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް: ޚުޠުބާ

khuthubaa hukuru

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް: ޚުޠުބާ