ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

Qw
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރަސްމާލޭ ބޮޑު މަޝްރޫއަށްވުރެ މިވަގުތު ރާއްޖެއަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ދަރަނި އަދާ ކުރުމަށް ޕްރައިވެޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެގޮތުން ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް އެއީ މިވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ނަޝީދު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބޭން އަދި މަދުވެގެން ދެ އަހަރު ނަގާނެއެވެ. އެހެންކަމުން މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދުގެ ވެރިކަމުގައި ދިރާގާއި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި އޮތް ދައުލަތުގެ ހިއްސާ ވިއްކާލައި އެ ކުންފުނިތައް ވަނީ ޕްރައިވެޓައިޒް ކޮށްފައެވެ. ހަމައެއާއެކު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު މައި އެއާޕޯޓު 25 އަހަރު ދުވަހުގެ މުއްދަތަށް ޖީއެމްއާރަށް ކުއްޔަށް ވެސް ދިނެވެ.

މި ސަރުކާރުން ދިރާގާއި އެމްޑަބްލިއުއެސްސީގެ ސަރުކާރު ހިއްސާ އަލުން ގަންނަން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ ދިރާގަށް ސަރުކާރުގެ ނުފޫޒު ނެތީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމުން ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ހިއްސާ އަލުން ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

88887

2033 އަންނަންވާއިރަށް އަހަރަކު 5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

DSC

ސަރުކާރުގެ އެންމެ އިސް ސިޔާސަ​​ތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުން: ރައީސް