ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނަމާލޭ ބުރިޖުގެ ތަނބަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަނެއް ހަދަނީ

Sina-Male' Bridge
STO_Ads
TTH_Ads
Maldivian_Ads
Advertisement

އޮޔާދިޔަ ދެ ބޯޓު ސިނަމާލޭ ބުރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާއާއި ގުޅިގެން ބުރިޖުގެ އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފަވާގޮތުގައި މި ދެ ބޯޓަކީ ކަސްޓަމްސްޓަމުން ހިފަހައްޓާފައިވާ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެވެ. މި ބޯޓުތައް އޮޔާ ދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލައިގެންކަމަށް މަޢުލޫމާތު ލިބެއެވެ.

މާލޭގެ އިރުމަތިން އޮޔާގޮސް އެ ދެ ބޯޓު ވަނީ ސިނަމާލެ ބުރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައި ޖެހިފައެވެ. މި ދެ ބޯޓަކީ ތެޔޮ އުފުލާ ޒާތުގެ ދެ ދަގަނޑު ބޯޓެވެ.

HajjCop_ads
Advertisement

މި ހާދިސާއާއި ގުޅިގެން، ރެއިން ފެށިގެން އެ ސަރަޙައްދުގައި ބުރިޖުގެ އިންސްޕެކްޝަނެއް ފަށާފައިވާކަމަށް ބިނާރަ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ޕީއެސްއެމް ނިއުސްއަށް ވަނީ މަޢުލޫމާތުދެއްވާފައެވެ. މިކަމާ ގުޅިގެން ހަދާ އެސެސްމަންޓްތައް ނިމުމުން، އޭގެ މަޢުލޫމާތު ޙިއްސާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިނާމާލެ ބުރިޖު ތަރައްޤީކުރީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނިންނެވެ. ބުރިޖުގެ މަސައްކަތް ނިމުމަށްފަހުވެސް، ބުރިޖުގެ މެއިންޓަންސް މަސައްކަތްތައް ކުރިއަށްގެންދަނީ އެ ކުންފުނީގެ އެހީތެރިކަމާއެކުއެވެ. މި ހާދިސާއާއި ގުޅިގެން އިންސްޕެކްޝަންގެ މަސައްކަތް، އެ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ބުރިޖުގައި ވަނީ ފަށާފައެވެ.

ސިނަމާލެ ބުރިޖު ތަރައްޤީކޮށް ހުޅުވާފައިވަނީ 2018ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. 1.4 ކިލޮމީޓަރުގެ އެ ބުރިޖުގައި މޫދަށް 7 ތަނބު ޖަހާފަވެއެވެ. މިއީ 200 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު