ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫޢަކީ ކުރީގެ ސަރުކާރުން ސިޓްރަމާސް ހެވީ އިންޑަސްޓްރީސް އާއި ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރަކާ 540 ދުވަހުގެ ތެރޭގައި ނިންމުމަށް 135.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ފެށިފައި ނުވުމާ ގުޅިގެން، މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރުމަށްފަހު އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްގީކުރާ ހޮސްޕިޓަލްތަކުން ޕްރައިމަރީ ހެލްތު ކެއާ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ.











ކިޔުންތެރިންގެ ހިޔާލު