ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

STO_Ads
TTH_Ads
Advertisement

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށްދާއިރު، ފަޅު ފުންކުރުމާއި ކޮނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެއިތުރުން، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށްޓަކައި ބިންގަނޑު އެއްވަރުކޮށް ޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 21،023 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

HajjCop_ads
Advertisement

ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެ ރަށުގެ ދެކުނު ފަރާތުންނާއި، އަދި ހުޅަނގު ދެކުނު ފަރާތުން ކުރިމަތިވަމުންދާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއާ ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ. މިއީ 18.56 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވިގެންދިއުމާއެކު އެ ރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ލިބި، ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީ ލިބިގެންދާނެ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކުރެވޭނެ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި