ށ. ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫއަކީ ފުނަދޫގެ ގޮނޑުދޮށުން ފަސްގަނޑު ގިރެމުންދާ މައްސަލައަށް ހައްލެއް ހޯދައިދީ، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެމްޓީސީސީން ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ޖުމްލަ 18.56 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 12,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެއެވެ. އަދި 7,878 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައިގެން ބީޗް ރިޕްލެނިޝްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެއިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 670 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ގްރޮއިން ގާއިމުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު