ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބެންކޮކުން 2 ދިވެހިން ހައްޔަރުކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ތައިލެންޑުގެ ވެރިރަށް ބެންކޮކުން ގިނަ އަދަދެއްގެ މަޝްތުވާތަކެއްޗާ އެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިވިޝަން 1 އިން ހައްޔަރުކޮށްފައިވަނީ އަލީ ރާޝިދު، 46އ އާއި މުހައްމަދު ވިސާމް، 36އ. އެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ ޕަތޫނާމް ސަރަހައްދުގައި ހުންނަ ކާގޯ ސާވިސްއަކަށް ފުރަތަމަ ގެންދިޔަ ގިނަ އަދަދެއްގެ ޕާރުސަލްތަކެއްގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ބުނެ ރިޕޯޓް ކުރުމާ ގުޅިގެން، އެ ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިގެންނެވެ.

HajjCop_ads
Advertisement

އެ ޕާރުސަލްތަކުން ނުބައި ވަސް ދުވާތީ ކާގޯ އޮފީހުން އެ ތަކެއްޗާ ހަވާލު ނުވުމުން އެ މީހުން އެ އެއްޗެހި ގެންގޮސް ބެހެއްޓީ ސުކުމްވިތު ސަރަހައްދުގައި އެ މީހުން ތިބި ކޮޓަރީގައެވެ.

ބެންކޮކުގެ ފުލުހުން އެ ކޮޓަރި އާއި ޕާރުސަލްތައް ބަލައި ފާސްކުރި އިރު، އެތަކެތި ފޮރުވާފައި ހުރީ ސްޓެއިންލެސް ސްޓީލް އިންސުލޭޓް ކޮށްފައިވާ 8 ޓަމްބްލާ ތަށިތަކުގައާއި ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރުތައް ތެރޭގައެވެ. އެގޮތުން ތަށިތަކުގެ ތެރެއިން ކްރިސްޓަލް މެތު ފެނިފައިވާ އިރު، ކޮންމެ ތައްޓެއްގެ ތެރޭގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމް ފޮރުވާފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މެތުގެ ޖުމްލަ ބަރުދަނަކީ 2.37 ކިލޯ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އަދި ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރުތަކުގެ ތެރެއިން 10 ކިލޯގެ ކެނެބިސް ވަނީ ފެނިފައެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ހުއްދަ ނެތި ވިއްކުމުގެ ނިޔަތުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ކަމަށްވާ ކްރިސްޓަލް މެތު ގެންގުޅެ ބެހުމުގެ ކުށުގެ ދައުވާއެވެ. ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

އެމީހުން ފުލުހުންނަށް ބުނީ އެ ފޮށިތަކުގައި މަސްތުވާތަކެތި ނުވަތަ ގަވާއިދާ ހިލާފު ތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ޕާރުސަލްތަކަކީ ރައްޓެއްސަކު ބުނެގެން ފޮނުވަން ހަވާލުވި ތަކެތި ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން އަންނަނީ އެ ދެ މީހުންނަކީ ޓްރާންސްނޭޝަނަލް ޑްރަގް ޓްރެފިކިން ނެޓްވޯކަކާ ގުޅިފައިވާ ދެ މީހުންތޯ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ އެހެން ބިދޭސީން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މަރީ
2 suppliers gone..maruge hukum thoche anani

ގުޅުންހުރި

Qw

ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލައިފި

މަސްތުވާތަކެތީގެ ދެ މައްސަލައެއް ސާބިތުވެ ދިވެހި ޒުވާނަކު 50 އަހަަރަށް ޖަލަށް

ތައި އެއާވޭސްއިން ބެންކޮކުން ފުރަން ހަމަޖެހިފައިވާ ފްލައިޓުތަކުގެ 30 ޕަސެންޓް ކެންސަލްކޮށްފި

Qw

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި