ނ. ޅޮހީގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރި އައުޓް ޑޯ ޖިމްގެ މަސައްކަތް ނިންމާލައިފިއެވެ.
ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީން ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް ފާއިތުވި އަހަރުގެ ކުރީކޮޅު ފެށިއިރު މި މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ އިއްޔެއެވެ.
މި އައުޓްޑޯ ޖިމަކީ، ޅޮހީގެ ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ސަގާފަތެއް އަށަގަންނުވައި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ފަސޭހަ މަގުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމުކުރެވުނު ތަނެކެވެ.

މިއީ ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރާއި އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދެވުނު ވަރަށް މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި އައުޓްޑޯ ޖިމްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު