މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
“އެފަރޓްސް އޮފް ދަ ކިންގްޑަމް އޮފް ސައޫދީ އަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑީވިއޭޝަން” ގެ ނަމުގައި ކުރިއަށްގެންދާ މި ބައްދަލުވުމަކީ ފިކުރީ ގޮތުން އަންނަ ނުރަނގަޅު ވިސްނުންތަކާއި ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ސައޫދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލުމުގެ ގޮތުން މަދީނާ ޔުނިވަރސިޓީން އިސްނަގައިގެން ބާއްވާ މުހިންމު ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ސެޝަނެއްގައި ވަޒީރު ޑރ. ޝަހީމް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.











ކިޔުންތެރިންގެ ހިޔާލު