ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑު މިސްކިތުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ: ޝަހީމް

dr shaheem
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބިންގާއެޅި “ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ” މިސްކިތުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲއަކީ ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގެ ބިންގާ އަޅާފައިވަނީ އެކަމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރެވޭ މިސްކިތާއި އިސްލާމީ ހަޟާރަތާބެހޭ މަރުކަޒަކީ މީގެ 20 އަހަރުކުރިންވެސް ހުޅުމާލޭގެ ތަސައްވުރުގެ ތެރޭގައި ހިމެނުނު މަސައްކަތެއް ކަމަށެވެ. އެންމެ ފުރަތަމަ މި މިސްކިތް ބިނާ ކުރުމަށް ނިންމީ ހުޅުމާލެ ސެންޓްރަލް ޕާކުގެ ސަރަހައްދެއްގައި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކަށް އެ މަސައްކަތް ކާމިޔާބު ނުކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި މިފަދަ މިސްކިތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެ، މިއަދު ބިންގާ އަޅުއްވާދެއްވާފައިވާއިރު އެ މަސައްކަތް ކާމިޔާބު ކުރެވުނީ އެ މަނިކުފާނު ދެއްވި ޚާއްސަ އަހައްމިޔަތުގެ ސަބަބުން ކަމަށެވެ. އަދި މި މިސްކިތުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ﷲގެ ތަނަވަސް ރަޙުމަތާއެކުގައި ދެ އަހަރު ދުވަހުގެ ތެރޭގައި، ގިނަވަގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި މިސްކިތުގެ ބައި ނިންމުން. މިސްކިތާއެކުގައި އަދި ވަޤުފް މަޝްރޫއުތަކެއްވެސް އެބަހުރި. އެހެންނަމަވެސް އެކަމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމާއެކު އެބައި އަޅުގަނޑުމެން ވަކިން ކުރިއަށްގެންދަނީ. އިރާދަކުރެއްވިއްޔާ މިސްކިތުގެ ބައި އަވަހަށް ފަށައި، އަވަހަށް ނިންމުމަށް އަޅުގަނޑުމެން މިދަނީ އަޒުމާއެކުގައި މަސައްކަތް ކުރަމުން،” އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު މިސްކިތާއެކު ގާއިމުކުރާ އިސްލާމީ ހަޟާރަތާބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވި ގޮތާއި 900 އަހަރުވަންދެން އިސްލާމީ ހަޟާރަތް ކުރިއަރައިގެންދާގޮތް ކިޔައިދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ ޤައުމީ މުހިންމު މަސައްކަތެއް ކަމަށާއި މިފަދަ ކޮންމެ މަސައްކަތެއްވެސް ކުރިއަށްދާނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އެގޮތުން، އެޗްޑީސީންނާއި ރާއްޖެއަށް ސަޢުދީ އަރަބިއްޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މި މަޝްރޫޢަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shaheem

ޢަރަފާތު ދުވަހުގެ ޚުޠުބާ ދިވެހި ބަހަށް ތަރުޖަމާކޮށް ލައިވްކުރަނީ

Shaheem

އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދޭނަމަ އެފުރުޞަތު ރާއްޖެއަށް ލިބޭނެ: ޝަހީމް

mosque , miskih, khuthuba

ރަމަޟާންމަހުގެ މިހާތަނަށް ވަނީ ފަނަރަ މިސްކިތް ހުޅުވިފައި: ޝަހީމް

ރޯދަމަހު ދުވާލު ހާމަކަން ބޮޑުކޮށް ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް އިލްތިމާސް ކޮށްފި