ސަޢުދި ޢަރަބިއްޔާއިން ދުނިޔޭގެ އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުކޮށްދޭނަމަ ރާއްޖެއަށް އެ ފުރުޞަތު ލިބޭނެކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާލުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާން  ސުވާލުކުރެއްވީ ގުރުއަތުން ނުވަތަ ހަދިޔާއަކަށް މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ހައްޖު ލިބޭ މީހާއަށް ހަމަ އެއަހަރު ހައްޖަށް ދެވޭތަން ފެނޭ ކަމަށާއި އެގޮތަށް އިސްކަން ދީގެން ބަލި މީހުން ނޫނީ ދެމަފިރިންނަށް އެއްކޮށް ހައްޖަށް ދެވޭ ގޮތް ނެހެދެނީ ކީއްވެތޯ އޮޅުންފިލުވައިދިނުމަށް އެދި އެވެ.

ވަޒީރު ވިދާޅުވީ ދެމަފިރިން ހައްޖަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވާ ކަމަށެވެ. ކުންފުނިތަކާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހައްޖުގެ ފުރުސަތު ލިބުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެން ހިނގަމުން އަންނަ ކަންކަން ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރުން ވަނީ އެކަންކަން ހިނގާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައި ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
އަޅުގަނޑު ގަބޫލުކުރާކަމެއް ނޫން އެއީ ކިޔޫގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބާ ކުންފުނިތަކަށް މިގޮތަށް ފުރުސަތު ދޭކަށް. ކިޔޫއަށް އަރާމަތިން ކުންފުނިތަކަށް ވެސް ފުރުސަތު ދެވިދާނެ.

ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިވަގުތަށް އެއްވެސް ގައުމަކަށް ކޯޓާ އިތުރުނުކޮށް މަޑު ޖައްސާލާފައިވަނީ މައްކާއާއި މަދީނާގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ނިންމަންދެންކަމަށެވެ. އެ މަޝްރޫޢު  ނިމުނުން ކޯޓާ އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެއްވެސް ގައުމަކަށް ކޯޓާ އިތުރު ކުރެވޭނެ އެ ފުރުސަތު ރާއްޖެއަށް ލިބޭނެ.އަދި އޮތީ އެއްވެސް ގައުމަކަށް އިތުރު ނުކުރެވި.

ޝަހީމް ވިދާޅުވިއެވެ.

ރާއްޖެއިން އަންނަނީ އަހަރުން އަހަރަށް ޙައްޖުގެ އިންތިޒާމުތައް ރަނގަޅުކޮށް ޚިދުމަތުގެ ފެންވަރު މަތިކުރަމުންނެވެ.