ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް: ސާޖިދާ

saajida
STO_Ads
TTH_Ads
Maldivian_Ads
Advertisement

މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި އަހަރު މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދިވެހި ދަރިވަރުންނަށް ވެސް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވައިފިއެވެ.

އަދި އެކަމަނާ ވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، ޖަވާބުދިނުން ފަސޭހަކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

HajjCop_ads
Advertisement

އަދި  ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަމަށާއި، ދަރިވަރުންގެ ބެލެނިވެރިންނާއި މުދައްރިސުން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ހޯދައި، އުޖާލާ މުސްތަޤްބަލަކަށް މަގުފަހިކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ، މަތީ ސާނަވީ އިމްތިހާނު ހަދާ ކުދިންނަށް ކާމިޔާބީއަށް އެދި ސޯޝަލް މީޑިޔާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި، މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއްކަން ފާހަގަކުރައްވާފައެވެ.

މި އަހަރުގެ މަތީ ސާނަވީ އިމްތިޙާނު ކުރިއަށްދާނީ މިމަހުގެ 27 އިން އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށެވެ. މި އިމްތިހާނުގައި 53  ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަލި މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސާޖިދާ

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

saajida

ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއް: ސާޖިދާ

saajida

މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު: ސާޖިދާ