ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަލި މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސާޖިދާ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި އެންމެ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ “ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ” އާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިއީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސިއްޙީ ދާއިރާގައި ހިނގާ އިޙްމާލުގެ ހާދިސާތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ފުރިހަމަ އަދި ހަރުދަނާ ސިއްޙީ ނިޒާމެއް ޤާއިމުކުރުމުގައި ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު ވަރުގަދަ ސިއްޙީ ނިޒާމެއް ބިނާކުރުމުގައި ބަލި މީހުންގެ ރައްކާތެރިކަން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

އެކަމަނާގެ މެސެޖުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އެކަމާއި ކަންބޮޑުވުން އޮތްކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެފަދަ ބަލިތައް ތަޙަންމަލުކުރަމުންދާ މީހުންނަށް ފަރުވާގެ ކޮންމެ މަރުޙަލާއެއްގައި އެންމެ ފުރިހަމަ ފަރުވާއާ ޚިދުމަތްތައް ފޯރުކޮށް ދިނުން ވަރަށް މުހިންމު ކަމުގައި ވިދާޅުވެފަ އެވެ.

ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ހިތްވަރު ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެއީ އުމުރު ދުވަހުގެ ބުރައެއް ކަމުން އެފަދަ މީހުންނަށް ކޮންމެ މަރުޙަލާއެއްގައިވެސް ރައްކާތެރިކަމާއި ފުރިހަމަ އެހީތެރިކަން ލިބެން ޖެހޭނެ ކަމުގައި ވިދާޅުވެފަ އެވެ.

“ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ” ގެ މި އަހަރުގެ ޝިޢާރަކީ، “ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް” މި ޝިއާރުކަން ފާހަގަ ކުރާ އެކަމަނާ ވިދާޅުވީ ބަލި ޖެހުމުގެ ކުރީން ރައްކާތެރިވުމާއި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމުގެ ފުރިހަަމަ ނިޒާމެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ފަސްޓްލޭޑީ ވަނީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޔަޤީންކުރުުމުގައި ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާކަން ފާހަގަކުރައްވާ އެއީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ.

ފަސްޓްލޭޑީގެ މެސެޖުގައި ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި އެންމެ ގުޅިގެން މަސައްކަތް ކުރުމަށް ގޮވައިލެއްވި އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

saajida

ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއް: ސާޖިދާ

saajida

މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު: ސާޖިދާ

madam saajida

އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ގުރުބާނީ ދަރިންނަށް ވާސިލްކޮށްދިނުން: ސާޖިދާ