ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު: ސާޖިދާ

saajida
TTH_Ads
Maldivian_Ads
STO_Ads
Advertisement

މަސައްކަތުގެ މާހައުލުގައި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ ސާޖިދާ މިފަދައިން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ސެމިނަރ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ނުތަނަވަސްކަމާއި، ރައްކާތެރިކަންނެތުން ފަދަ ކަންކަމަކީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަންތައްތައްކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި އެއްޓީމެއްގެ ގޮތުގައި މުވައްޒަފުން މަސައްކަތްކުރާއިރު، ހުރިހާ ކަމެއްގައިވެސް ޚިޔާލާއި މަޝްވަރާގައި އެކި ފެންވަރުގެ ވެރިން ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ފަރުދެއްގެވެސް ނަފްސާނީ ޙާލަތަކީ ފަރުވާތެރިވާންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ކުރުންތަކާއި، ނުތަނަވަސްކަމާއި، ރައްކާތެރިކަން ނެތުންފަދަ ކަންކަމީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަންތައް. މީގެއިތުރުން މި ދާއިރާއަކީ އިޖުތިމާޢީ އިލްމުގައި ވަރަށް ގިނަ ޢިލްމީ ދިރާސާތައް ކުރެވެމުންދާ ދާއިރާއެއް.” ފަސްޓް ލޭޑީސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ބައެއް ތަފާސްހިސާބުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން 2020/2021 ވަނަ އަހަރު ކުރެވުނު ސަރވޭއަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ 5 މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރި މީހެއްކަމަށް ވިދާޅުވިއެވެ. މިއީ ނުހަނު ސަމާލުވާންޖެހޭ ކަންތައްތައްކަމަށާއި، އެންމެންގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުގައި، ނަފްސާނީ ގޮތުން ދުޅަހެޔޮ މުވައްޒަފުން މަސައްކަތްކުރާ މުއައްސަސާތަކުގައި ސަލާމް ބުނުމާއި ގަޑިޖެހުން ފަދަ ކަންކަންވެސް މަދުވުމުގެ އިތުރުން، މަސައްކަތުގެ ރޫޙު އިތުރުވެ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ހިތްހަމަޖެހުން އިދާރާގެ މުވައްޒަފުންނާއިމެދު އޮވެއެވެ.

“ނަފްސާނީ ގޮތުން ދުޅަހެޔޮ މުވައްޒަފުން މަސައްކަތްކުރާ މުއައްސަސާތަކުގައި ސަލާމް ބުނުމާއި ގަޑިޖެހުން ފަދަ ކަންކަން މަދުވޭ. އިދާރީ އުސޫލުތަކާއި ޚިލާފުވުން ފަދަ ކަންކަން މަދުކަމަށް ދިރާސާތަކުން ދައްކާ. އަދި މަސައްކަތުގެ ރޫޙު އިތުރުވެ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ހިތްހަމަޖެހުން އިދާރާގެ މުވައްޒަފުންނާއިމެދު އަށަގަންނަކަން ހޯދިފައިވޭ.” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބާއްވާ ސެމިނަރއަކީ ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ބާއްވާ ސެމިނަރއެކެވެ.

މި ސެމިނަރގައި ސިވިލް ސަރވިސްގެ އިދާރާތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޓީތަކުގެ އިސްވެރިންނާއި، ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ހިމެނޭހެން 60 މީހުން ބައިވެރިވެއެވެ. މިއީ މިފަދަ ސެމިނަރއެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saajida

ދަރިވަރުންނަށް ޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް: ސާޖިދާ

ބަލި މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސާޖިދާ

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

saajida

ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއް: ސާޖިދާ