ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

472996 230f9afc 2
TTH_Ads
Maldivian_Ads
STO_Ads
Advertisement

25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލިމާލޭގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، އެކި ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން އެކަމަނާއަށް ގާރޑް އޮފް އޮނަރ އެއް އަރުވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ޚާއްސަ ހަދާނީ ހަދިޔާއެއް އަރުވާފައެވެ. މިހަދިޔާ އެކަމަނާއަށް އެރުވީ، މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާއެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ތިން ފަރާތަކަށް ރަމްޒީ ހަދިޔާ ޙަވާލުކޮށްދެއްވާފައެވެ.

473082 5a8c7865 3

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިކޭމްޕަކީ، ރާއްޖޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެ އެތައްކަމެއް އުނގެނި އަދި ތަޖުރިބާ ޙާސިލުކުރި މައިދާނަކަށް ވާއިރު، މިކޭމްޕަށް ވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ޕީޓީއެލްގެ ޚިދުމަތަށް 25އަހަރު ފުރުމާ، އަންނައަހަރަކީ ދިވެހިރާއްޖޭގެ ގާރލްގައިޑް އެސޯސިއޭޝަނަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބިލީ އަހަރުކަމަށްވާތީ އެދުވަސް ކައިރިވަމުން އަންނަކަން ފާހަގަ ކުރައްވައި، ދިވެހިރާއްޖޭގެ ގާރލްގައިޑް ޙަރަކާތުގައި އިސްކޮށް އުޅުއްވާ އެންމެހާ ބޭފުޅުންނަށް ތަހުނިޔާ ދަންނަވާފައި ވެއެވެ.

އެކަމަނާގެ ވާހަކަފުޅުގައި މި އަންނަ އަހަރު ދިވެހިރާއްޖޭގެ ގާރލްގައިޑް ޙަރަކާތަށް 75 އަހަރު ފުރުން ރަމްޒުކޮށްދެނީ، އުނގެނުމާ ރަނގަޅު އަޚްލާޤަށް އަހުލުވެރިވުމަށް ދިވެހިން ދޭ އިސްކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ސިފަތަކަކީ، ދިވެހިންގެ ކުރިމަތީގައި ޤަދަރު އުފުލިގެންވާ ސިފަތަކެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހަމަ މިޔާއެކު، ގާރލްގައިޑް ޙަރަކާތުގެ ސަބަބުން، ބައިވެރީންގެ ފަރުދީ ތަރުބިއްޔަތަށް އަހުލުވެރި ކުރުވައި، ވަގުތަށް ކަމޭހިތުމާ، ފުރިހަމަ ސިއްޙަތައް އިސްކަންދިނުމާ ކަންކަމުގައި ފަރުވާތެރިވެ މުރާލިވުމުގެ އިތުރުން، އަމިއްލަ ޢާއިލާއާއި ގާތްތިމާގެ މީހުންގެ މައްޗަށް ކުލުނު އުފައްދައިދޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ އިތުރަށް ވިދާޅުވީ، ކުރިން އިޝާރާތް ކުރެއްވި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ގޮތްހުރި އަންހެން ފަރުދަކު މުޖްތަމަޢުގައި އުފެދިގެންދާ ކަމުގައެވެ. މީގެއިތުރުން ގާރލްގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިޙަރަކާތުގައި ދެވޭ ތަމްރީނުތަކުގެ ސަބަބުން، އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫޙް އާލާކުރުވާކަމަށާ، ފަރުދީ މަންފާއަށްވުރެ، ޖަމާޢަތުގެ މަންފާ ކުރިޔަށް ނެރުމަށް ހަނދާންކޮށްދޭ ކަމުގައިވެސް، އެކަމަނާ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big DjDlx6dtz3G7mo6BeMatG2VTL

އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ބޮޑު ފަޚުރެއް: ފަސްޓު ލޭޑީ

saajida

ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއް: ސާޖިދާ

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ